ދިވެހި ފުލުހުންގެ ހިދުމަތުން ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގ ގައި މާހެފުމުގެ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވައިފައިވަނީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މީގެއިތުރުން، މި ހަފްލާގައި ދާޙިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އިހްސާންއާއި ދައުލަތުގެ އެހެނިހެން ވަޒީރުންނާއި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އަދި ދައުލަތުގެ އެކި އިދާރާތަކުގެ ވެރިން ވަނީ މިހަފްލާގައި ބައިވެރިވެފައި ކަމަށް ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނިއެވެ. އަދި މި ހަފްލާގައި ފުލުހުންގެ އެގްޒެެކެޓިވް އޮފިސަރުންނާއި މަތީ މަގާމުގެ ކޮމިޝަންޑ އޮފިސަރުންނާއި ފުލުހުންގެ އެކި މަގާމުގައި ހުންނަ ފުލުހުންގެ އިތުރުން ފުލުހުންގެ މަދަނީ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައި ކަމަށް ފުލުހުން ބުނިއެވެ.
ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުންނާއި ވަކި ވަކި ކުންފުނިތަކުންވެސް އިންތިޒާމުކޮށް މާހެފުމުގެ ހަފްލާތަށް ކުރިޔަށް ގެންދަމުން ދެއެވެ.

