ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައި ބިލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި: ސަރުކާރު

ޕީއެންސީ ހަރުގެ ޖަލްސާއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސްއާ ސަލާން ކުރައްވަނީ -- ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަކީ ކޮންމެ އަހަރެއްގެވެސް މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން ބާއްވާ އާންމު މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މި އަހަރުގެ ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކާ ގުޅޭގޮތުންނެވެ. މިއީ ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް މުހިންމު ބައްދަލުވުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ބައްދަލުވުން ބޭއްވިފައިވަނީ ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދެމެދުގައި މަސްލަހަތު ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

ފާއިތުވި ދުވަސްތަކުގައި، އަބްދުއްރަހީމް މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވީ ނަމަވެސް، މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ އަބްދުއްރަހީމްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: