ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ފަހިކުރުމުގެ ސިޔާސަތުގެ ދަށުން ދިރާސާއެއް ކުރިއަށް ގެންގޮސްފި!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތުގެ ދަށުން ދިރާސާއެއް ކުރިއަށް ގެންގޮސް މުޅި ރާއްޖެ ހިމެނޭހެން އިގްތިސާދީ 7 ދާއިރާއަކުން މައުލޫމާތު އެއްކުރެވިފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ގުޅޭ ވުޒާރާއިން ބުނެފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ގުޅޭ ވުޒާރާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ވުޒާރާއިންވަނީ ވޯލްޑް ބެންކާއި ގުޅިގެން ކުރިއަށް ގެންދާ ”ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް“ ސެއިލްސް މަޝްރޫޢުގެ ދަށުން އިގްތިސާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓުގެ ނަމުގައި ދިރާސާއެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.

ވޯލްޑް ބެންކާއިއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގެ މަގުސަދަކީ ހޯދުންތަކުގެ އަލީގައި ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ ގައުމަށް ބޭނުންވާ އިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ މަގުޗާޓެއް އެކުލަވާލުންކަމަށް ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުން އެކި މުއައްސަސާތައް ހިމެނޭގޮތަށް ފެށިފައިވާ މި މަސައްކަތްތައް، ސަރުކާރުން ގެންގުޅޭ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާ ގުޅިފައިވާކަމަށެވެ. އެގޮތުން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ވަޒީފާގެ ފުރުސަތު ފަހިކުރުމުގެ ސިޔާސަތުތައް ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަށައެޅުމަށްޓަކައިކަމަށާއި އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން މުޅި ރާއްޖެ ހިމެނޭހެން އިގްތިސާދީ 7 ދާއިރާއަކުން މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ.

ވަޒީފާއަށް އެދޭ ފަރާތްތަކުގެ ބޭނުންތަކާއި ވަޒީފާ ހުށަހަޅާ ފަރާތްތައް ގުޅުވާލަދިނުމަށްޓަކައި ބޭނުންވާ ކަންތައްތައް މިދިރާސާގެ އަލީގައި ފެންމަތިކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ހޯދުންތަކުގެ އަލީގައި މިހާރު އަމާޒު ހިފަނީ، ދިގު ރާސްތާގައި ދެވިދާނެ ހިސާބެއް ކަނޑައެޅުމަށާއި، ކުރު މުއްދަތުގައި، މިހާރުވެސް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ކަމާގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށްކަމަށް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: