ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޢޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ”އެކްސް“ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އަދި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.

ސައުދީއާއިއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް ހަރުދަނާވެގެންދާނެ މަޝްވަރާތަކެއް ދާދި ފަހުން ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސައުދީ ސަރުކާރާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާއަކީ ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މުހިންމު މަޝްވަރާ ތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: