ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހަށް އެކުލަވާލި ކާބޯތަކެތީގެ ސިޔާސަތު ތަންފީޒު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހަށް އެކުލަވާލި ކާބޯތަކެތީގެ ސިޔާސަތު ތަންފީޒު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީ ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ރާވާފައިވާ ބައެއް ކަންކަން ހާމަކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. ނޫސްވެރިންގެ އެ ބައްދަލުވުމެއްގައި މިނިސޓަރ ސައީދު ވަނީ ސަރުކާރުގެ ބައެއް މަސައްކަތްތަކާއި ގުޅޭ ތަފްސީލު ދެއްވާފައެވެ.

ރޯދަ މަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ސަންގުޓީވީއާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފާއިތުވި ރަމަޟާން މަސް ރައްޔިތުންނާއި ބައްދަލު ކުރިއިރު ގައުމު އޮތީ އިގްތިސާދީ ގޮތުން އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށެވެ. މާލީ ގޮތުން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ފިޔަވަޅުތައް އެޅީ، ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ލުއިފަސޭހަތައް ހޯދައިދިނުމަށްކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީ އަހަރުގެ ރަމަޟާން މަސް ވެގެން ދާނީ ތަކަތީގެ އަގު އުފުލިޔަ ނުދީ ހިފަހައްޓައި، ބާޒާރުން ތަކެތި ހުސްނުވެ ދިޔަ ހަމައެކަނި ފަހަރަށްކަމަށެވެ.

އެ ސިޔާސަތު ކާމިޔާބުވީ ސައީދު ވިދާޅުވި ގޮތުގައި ދުރާލައި ފިޔަވަޅުއަޅައި، ސަރުކާރުން ރަމަޟާން މަހަށް ތައްޔާރުވުމުންނެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހަށް ވެސް ހާއްސަކޮށް ސަރުކާރުން ކާބޯތަކެތީގެ ސިޔާސަތެއް އެކުލަވާލައި ލިސްޓުގައިވާ ގޮތުގެ މަތީން އަގުތައް މޮނީޓަރ ކުރަމުންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ރަމަޟާން މަހު ހާއްސަ ގޮތެއްގައި، މި ފިޔަވަޅުތައް ތަންފީޒު ކުރާނީ ހާއްސަ ސަމާލުކަމެއް ދީގެންކަމަށެވެ. މި އަހަރު މުދާ އިމްޕޯޓު ކުރާ ފަރާތްތަކާއި އެކު ގާތުން މަސައްކަތްކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި މުދާ ކްލިއާ ކުރުމާއި ކަސްޓަމްސްއާއި ވާހަކަ ދައްކައިގެން ކުރެވެން ހުރި މަސައްކަތްކޮށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސިކަމަށް ސައީދު ވިދާޅުވި އެވެ. އެއާ ކާގޯގެ މުދާތަކާއި މެދު ވެސް އެމްއޭސީއެލްއާއި ވާހަކަ ދައްކައިގެން ދަތިތައް ހައްލު ކުރެވެމުންދާކަމަށް ސައީދު ވިދާޅުވި އެވެ.

ދެން މާލޭގެ ވިޔަފާރި ބަނދަރުގެ ހާލަތަށް ބަލާއިރުގައި މިހާރު ރާއްޖެއަށް އަންނަ މުދާ މެނޭޖު ކުރެވޭ ވަރަށްވުރެ ހަގީގަތުގައި ޑިމާންޓު އުފުލިގެން ގޮސް ހަގީގަތުގައި ޖާގަވެސް މިވަނީ ކުޑަވެފައި.. އެހެން ނަމަވެސް އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ ތަނަވަސް… އެހެންކަމުން ބަނދަރުގެ މައްސަލަ ވެސް ހައްލު ކުރުމަށް އެބަކުރެވޭ މަސައްކަތް

ސައީދު ބުނީ ރީޓެއިލް ހޯލްސޭލް ކުރާ ވިޔަފާރިތައް ވެސް ޝާމިލުވެގެން ސަރުކާރުން ގިނަ މަޝްވަރާތައް ކުރިޔަށް ގެންދިޔަކަމަށެވެ. މިވަގުތު އެންމެ ބޮޑު ދައްޗެއް އޮތްކަމަށް ފެންނަނީ މާލޭގެ ވިޔަފާރި ބަނދަރުގައިކަމަށްވުމާއި އެކު ޖާގައިގެ ދަތިކަން ހައްލު ކުރުމުގައި ސަރުކާރުން ވިސްނުންތައް ގެންގުޅޭކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅައި އެކަމަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއްވެފައިވާކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި ކެއިންބުއިމުގައި ގޭބިސީތަކުގައި ބޭނުން ކުރާ ބާވަތްތަަކަށް ހާއްސަ އިސްކަމެއް ދެވިފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ލިސްޓުގައި ހިމަނާފައި ވާނީ ކޮންމެހެން، ރައްޔިތުންނަށް ބޭނުންވާނެކަމަށް ބެލެވޭ ބާވަތްތައް ކަމަށެވެ. އަދި އެއިން ބާވަތެއް ހުސްވެއްޖެ ނަމަ ނުވަތަ އަގު އުފުލޭ ހާލަތެއް އައިސްފި ނަމަ އެސްޓީއޯ މެދުވެރިކޮށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި އެވެ.

އެދުވަސްވަރު ރީޒަންއެއް ނެތި އެއްވެސް ބާވަތެއްގެ އަގު އުފުލިގެންދާ ކަމަށްވާ ނަމަ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންޓަވީން ކުރަން.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާއި އެއްގޮތަށް، ތަކެތީގެ އަގުތަކާއި ބެހޭ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ. ސިޔާސަތު އެކުލަވާލައި، 100 އާންމު ގެއެއްގައި ނުވަތަ ގޭބިސީގައި ބޭނުން ކުރާނެ މުދަލާއި އަސާސީ މުދަލުގެ ބާވަތްތައް ދެނެގަނެ އެ ބޭނުން ކުރާނެ ގޮތް ލިޔެވިފައިވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލެވިފައިވާއިރު ސައީދު ވިދާޅުވީ އެއީ 183 އައިޓަމްކަމަށެވެ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ހާއްސަކޮށް ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: