ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗް 9 ގައި ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫއިން ބުނެފައިވަނީ އަހަރީ އާންމު ޖަލްސާ އޮންނާނީ މާޗް މަހުގެ 9 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ކަމަށެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް (ކ. ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތް) އަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 50 ހިއްސާދާރުންނަށް ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނެފައިވަނީ އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ”ފަހިވޯޓު“ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށެވެ. ހެޑްކުއާޓާސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށްއެ މައުލޫމާތު މާޗް މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

އުރީދޫއިން ބުނެފައިވަނީ މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗް މަހުގެ 7 ދުވަހުގެ ގެރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: