ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ސަރުކާރުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅުކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމްކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާއި ގުޅިގެން ބައިވެރިވެފައި ވާކަމަށެވެ. ސްޓެލްކޯގެ މުވައްޒަފުން މިހާރު ތިބީ ޕޮލްކޯ ޓަވަރ (ސީބްލޮކް)ގައި ސްޓޭޝަންވެ ރައްޔިތުންގެ ހިދުމަތުގައިކަމަށް އެމްޑީ ވިދާޅުވިއެވެ. މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެހެންކަމުން ހޮނިހިރު ދުވަހުން ފެށިގެން މި މަސައްކަތުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދެން ކުރިއަށްދާނީ ރޭގަނޑުގެ ވަގުތުގައެވެ. މީގެ އިތުރުން، ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން މަސްދަޅު ކޭސް ލިބިގެންދާނެއެވެ.

މިހާރުވެސް އިއުލާނުކޮށްފައިވާ ގޮތަށް މަސްދަޅު ކޭސް ބަލައިދާއިރު، އެމީހެއްގެ އައިޑީކާޑާއި، އެއްމަހުގެ ކަރަންޓު ބިލު ގެންނަން ޖެހެއެވެ. އަދި އެކަކަށް އެންމެ ގިނައިން ދޫކުރަނީ 3 މަސްދަޅު ކޭހެވެ. މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަ ކުރެވެންދެން މި މަސައްކަތް ކުރިއަށްދާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: