ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ މޯބައިލް އެޕަށް ދިން ޑީޑޮސް ހަމަލާ ހުއްޓުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މޯބައިލް އެޕަށް ދިން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް)ހަމަލާ މިހާރު ވަނީ ކާމިޔާބު ކަމާއެކު ހުއްޓުވާފައިކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތު ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށައިފައި ކަމަށް ކުންފުނިން ބުނެފައިވެއެވެ. އަދި މި ކަމާއިގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ވަނީ މާފަށް އެދިފައެވެ. 

މަސްދަޅު ކޭސް ބެހުމަށް ޓޯކަން ނިޒާމެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ ހަމަޖައްސާފައެވެ. އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: