ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ކާޑު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް އެއްލައްކަ ރުފިޔާ

ބީއެމްއެލް ކާޑު ޕްރޮމޯޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

 ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި ޝޮޕް ޕޭ އެންޑް ވިން ޕްރޮމޯޝަނުގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ މަހުއެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 100،000 ރުފިޔާއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވާފައިވާއިރު، ބޮޑު އިނާމު ލިބިފައި ވަނީ ހދ. ނޮޅިވަރަންފަރު، ހަސަން ނާސިހު އަބްދުﷲ އަށެވެ.

ބޮޑު އިނާމުގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދުވަހަކުވެސް ފަސް ނަސީބުވެރިޔަކަށް 1،000 ރުފިޔާގެ އިނާމު ދީފައިވެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ބީއެމްއެލްގެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.

8،000 އަށް ވުރެ ގިނަ މަރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެއެވެ. ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، މި ބޭންކުގެ ޕާޓްނަރ މަރޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: