އެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުގައި އެއްވެސް ސިއްރު ނުވަތަ ގަވާއިދާ ޚިލާފު ކަމެއް ކޮށްފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. .
މަޖިލީހަށް ހުށަހެޅުނު މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން މެދުވެރިކޮށް ރައްޔިތުންގެ އަމިއްލަ މަޢުލޫމާތު ހޯދައި، ޕީއެންސީއަށް މެންބަރުން ވެއްދުމަށް ބޭނުންކުރިކަމުގެ ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން ޑީއެންއާރުގައި މިނިސްޓަރު އިހުސާން މުވައްޒަފުންނާއެކު ތިއްބަވައިގެން ޕީއެންސީގެ މެންބަރޝިޕް ފޯމުތަކެއް ފުރުއްވަން އިންނެވިކަމަށް ބުނާ ފޮޓޯއެއްވެސް އާންމުވެފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ޖަވާބުދެއްވަމުން، މިނިސްޓަރު އިހުސާން ފާހަގަކުރެއްވީ އެމްޑީޕީގެ ވެރިކަމުގައި 520 މީހުން ސިއްރުން އެ ޕާޓީއަށް ވައްދާފައިވާކަމަށެވެ. އެހެންނަމަވެސް، އެ މައްސަލައިގައި ޑީއެންއާރުގެ އިސްވެރިންނާ ސުވާލުކޮށްފައިނުވާކަމަށާއި، މަޖިލީހަށްވެސް އެކަން ހުށަހަޅާފައިނުވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު އިހުސާން މަޖިލީހަށް ވަޑައިގެންނެވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ނެގިފައިވާ ކަމަށް ބުނާ، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ޑީއެންއާރުގެ މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތަކާއެކު ހުންނެވި ފޮޓޯތަކާއެކުގައެވެ.
މިއިން އެއްވެސް މައްސަލައެއްގެ ވާހަކައެއް އެއްވެސް މީހަކު.
އިހުސާން ވިދާޅުވިއެވެ.
އިހުސާން ވާހަކަ ކުރިއަށް ގެންދެވިއިރު އެމްޑީޕީގެ މެންބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ނިޒާމީ ނުކުތާވެސް ނަންގަވާފައެވެ. އަދި އިހުސާންގެ ވާހަކަތައް ދޮގުކުރެއްވިއެވެ. މީގެ ކުރީގައި މަޖިލީހުގައި ނެތް ބޭފުޅެއްގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދެކެވެނީކަމަށްވާނަމަ، އެ ވާހަކަތައް ރިޔާސަތުން ހުއްޓުވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
އަނެއްކާވެސް އިހުސާން ވަނީ ވާހަކަ ކުރިއަށް ގެންދަވާ، އެމްޑީޕީގެ މައްޗަށް އޭރު ކުރެވުނު ތުހުމަތުތައް ތަކުރާރު ކުރައްވާފައެވެ. މީޑިއާތަކުގައި ހުރި ސުރުހީތައްވެސް އިހުސާން ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޑީއެންއާރުގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަގާ ވިއްކަމުންދާކަމަށެވެ.
މި ތުހުމަތުތައްކޮށް، މަގާމުން ވަކިކުރުމަށް ސޮއިކުރި މެންބަރުންގެ ތެރޭގައި މިފަދަ ކަންކަމުގައި ތަހުގީގުތައް ހިންގާ، އެކަންކަން ތަހުގީގަށް ސާބިތުވި ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) ދައުވާ ނުކުރި މެންބަރުން އެބަތިބިކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރުން ހުސައިން ސަމީރުގެ ނަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ އެއްވެސް ސަރުކާރަކަށް ހައްލު ނުގެނެވި ފޫގޮސް އޮތް ޑީއެންއާރުގެ މައްސަލަ މިހާރު މިސަރުކާރުން ވާނީ ހައްލުކޮށްފައިކަމަށެވެ. އެގޮތުން އީފާސް ބޭނުންކޮށްގެން، އެމީހެއްގެ ހުއްދައާއިއެކު ނޫނީ އޭނާގެ އެއްވެސް މައުލޫމާތަކަށް މިހާރު އެކްސެސް ނުވެވޭނެކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އޭނާއަށްވެސް ޕާޓީގެ އިސްވެރިން ހަވާލުކުރިކަމަށެވެ. މިކަން ކޮށްފައިވާނީ ސިޔާސީ މުވައްޒަފުން މެދުވެރިކޮށްކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ހަވާލުކުރި ބައެއް މަސައްކަތްތައް ޑީއެންއާރުގައި ހުރި މީޓިން ރޫމްއެއްގައި އެ ސިޔާސީ މުވައްޒަފުން ކުރިއަށް ގެންދިޔަކަމަށް އިހުސާން ވިދާޅުވިއެވެ. އެތަނުގައި ކުރިއަށްދިޔައީ ހެކިވެރިޔާ ސޮއިކުރުމުގެ މަސައްކަތްތައްކަމަށް ފާހަގަކުރެއްވިއެވެ. އަދި ފޮޓޯތައް ޖެހުމާއި މިފަދަ ބައެއް މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.
ޑިއެންއާރުގެ ޑޭޓާ ބޭސްއަށް އެބަ އެކްސެސް ވެވޭ އައްޑޫ އަތޮޅުން ތުރާކުނުން، ފާމަސީތަކުން، މިއީ އަޅުގަނޑުމެން އިންޓަނެޓް ކޮށްފައި އިންނަ އެއްޗެސް، އަޅުގަނޑުމެން ނުޖެހޭ ޑީއެންއާރުގެ ޑޭޓާ ނަގަން ގޮސް ޑީއެންއާރު ޑޭޓާ ބޭސް ބުޑުގައި ތިބޭކައް. ކުރީގެ ސަރުކާރުތަކުގައި އެ ނިޒާމު އޮތީ އެހެންކަމަށް ވެދާނެ. އެހެން ނމަަވެސް މިހާރު އޭގެ ތެރެއަށް ނުވަދެވޭ ގޮތަށް އަޅުގަނޑުމެން ވަނީ ހަދާފަ. އެހެންވީމަ އަޅުގަނޑުމެންގެ މީހަކަށްވެސް ނުވަދެވޭނެ.
އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ގާނޫނީ މައްސަލައެއް ނޫން ނަމަވެސް، ސިޔާސީ މަސައްކަތްތައްތައް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކުރުމަކީ އެންމެ ރަނގަޅުކަމެއް ނޫންކަމަށް އޭނާވެސް ގަބޫލު ކުރައްވާކަމަށެވެ. ހާއްސަކޮށް ޑީއެންއާރުފަދަ ތަނެއްގައި އެފަދަ ކަމެއް ކުރުމަކީ، ރައްޔިތުންގެ އިތުބާރު ގެއްލޭނެ ސަބަބެއްކަމަށްވާތީ، ދައުލަތުގެ އެއްވެސް އިދާރާއެއްގެ ތެރޭގައި މިފަދަ ކަމެއް ދެން ނުކުރުމަށް މުވައްޒަފުންނަށް މިހާރު އަންގާފައިވާނެކަމަށް އިހުސާން ވިދާޅުވިއެވެ.
ވަގަށް ސިއްރިއްޔާތުގައި އޮޅުވާލައިގެން އެއްވެސްކަމެއް ކޮށްފައި ނޯންނާނެކަމަށް އިހުސާން ވިދާޅުވިއެވެ.

