ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުސާންގެ ހޫނު ރައްދެއް: މައްސަލަތަކަށް ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި!

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު މަޖިލީހުގައި ޖަބާވުދާރީވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަތަކަށާއި، ފުލުހުންނަށް ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައިކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ޑީއެންއާރުގެ ތެރެއިން ރައްޔިތުން ޒާތީ މައުލޫމާތު ވަގަށް ނާގާފައިވާކަމަށް ތުހުމަތުކޮށެވެ. އެހެން ނަމަވެސް އިތުރު ބައެއް ކަންކަންވެސް މީގެ ތެރޭގައި ފާހަގަކޮށްފައި ހުއްޓެވެ. އެގޮތުން:

  1. ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުން
  2. ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުން

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މި ވާހަކަތަކަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ، މިއީ ސިޔާސީ ގޮތުން އޮޅުވާލައިގެން ދައްކާ ތާކުން ތާކު ނުޖެހޭ ދޮގު ވާހަކައެއްކަމަށެވެ. އޭނާ ފުލުހުންނަށް ނުފޫޒު ފޯރުވާނަމަ، މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައިކަމަށް އިހުސާން ވިދާޅުވިއެވެ.

އެބޭފުޅުން މިނިވަންކަމާއިއެކު އެ ތިއްބެވީ ނުފޫޒު ނުފޯރުވާތީކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި އެބޭފުޅުން ގޯސްކޮށް ކަމެއް ނުކޮށް އޮތީތީ ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ސިޔާސީ ނުފޫޒް ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރތުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭފުޅުން މިހާރު ވެސް މިނިވަން ކަމާއެކު އެ ތިބީ. ކަމެއް ގޯސްކޮށް ނުކުރެވިގެނެއް ނޫން.

އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުންނަށް ދީފައިވާ ގާނޫނީ ބާރުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށެވެ. އެގޮތުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައްވެސް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އިހުސާން ފާހަގަކުރެއްވީ އެޗްޑީސީއާއި، ރެކްޝަނަލް ސާވިސްގެ މައްސަލައާއި ކަސްޓަމްސްގެ މައްސަލައާއި އިމިގްރޭޝަންގެ މައްސަލައިގެ އިތުރުން އެފްއެސްއެމްގެ މައްސަލައެވެ.

އެތަންތަނުގައި ތިބީ ސަރުކާރަށް ނިސްބަތްވާ މީހުން ނަމަވެސް، އެމީހުންގެ މައްޗަށްވެސް ތަހުގީގު ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މައްސަލަތަކަށް ނުފޫޒު ފޯރުވާނަމަ އެއްވެސް މައްސަލައެއް ނުހިނގާނެކަމަށެވެ.

އިހުސާން ވިދާޅުވީ ސިޔާސީ ބާރު ފޯރުވަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ.

އެމްޑީޕީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ، ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދިކަމަށް ބުނާ މައްސަލަ ނުބަލާކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: