ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލްކޯގެ ސީއީއޯ ވަގުތީގޮތުން ސަސްޕެންޑުކޮށްފި

އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަނީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ވެލްފެއަރ ކުންފުނި (ޕޮލްކޯ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަނީސް ސަސްޕެންޑްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މީޑިއާ އޮފިޝަލު ވިދާޅުވީ، އަނީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ސީއީއޯގެ ޒިންމާތަކުން އޭނާ އެކަހެރިކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތަށް ނިންމާފައިވަނީ 23 ފެބްރުއަރީގައި ބޭއްވި ޕޮލްކޯގެ ބޯޑު ބައްދަލުވުމުގައެވެ.

މީގެ އިތުރުން، ޕޮލްކޯގެ ހިންގުން ވަގުތީ ގޮތުން ޕޮލްކޯގެ ސެކެޓަރީ އިބްރާހިމް ޚަލީލްއާ ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިބްރާހިމް ޚަލީލްއަކީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޕޮލްކޯގެ ސެކެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާއިރު، މި މައްސަލަތައް ބަލަން ފެށުމާއިއެކު މަޖިލީހުގެ އީމެއިލްއަށް އިތުރު ބައެއް މައުލޫމާތު ފުލުހުންގެ ވަޒީފާގައި ހުންނެވި ވިސަލް ބްލޯވަރަކު ވަނީ ފޮނުއްވާފައެވެ. އެގޮތުން ޕޮލްކޯގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވަނީ ހައުސިންގް މަަސައްކަތްތަކުގައި އެކަނި ނޫންކަމަށް ތުހުމަތުކޮށްފައިވާއިރު، އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަން ހިނގަމުންދާކަމަށް ބުނާކަމަށް ހިއްސާކޮށްފައިވެއެވެ.

އަދި އެކަމަށް ހަވާލާދީ ފޮނުވާފައިވާ އެއް ރިޕޯޓަަކީ އޭރު ހުންނެވި ކޮމިޝަނަރު މުހައްމަދު ހަމީދްއަށް ފޮނުވާފައިވާ ރިޕޯޓެއްކަމަށާއި މި މައްސަލައިގައި މަޖިލީހުން އަމަލުކުރަންޖެހޭ ގޮތް ރަނގަޅަށް ބަލާލަން އެދޭކަމަށާއި ކުރީގެ ސީޕީ ހަމީދުއަށް އެ ރިޕޯޓު ފޮނުވާފައި އޮތީ 2019 ވަނަ އަހަރުގައިކަމަށްވާއިރު އެއްވެސް ފިޔަވަޅެއް އަޅާފައިއޮތްކަން ފެންނަން ނެތްކަމަށް މަޖިލީހަށް މައުލޫމާތު ދީފައިވެއެވެ.

މަޖިލީހުގެ މާލިއްޔާތު ކޮމިޓީން ދަނީ މި މައްސަލަތައް ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: