ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ކުރެެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގެންފައި ވަނީ ހުޅުދެލިއަށެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްތަކުގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ވަނީ އިފްތިތާހު ކުރައްވާފައެވެ. އަދި ބައެއް ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތާއި އެކު، ކުނި މެނޭޖު ކުރުމާއި ޕިކްނިކް ދިއުމަށް ފަޅު ރަށެއް ހަޖެއްސުން ހިމެނެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް ދަތުރު ކުރައްވައި ރައްޔިތުންނާއި ބައްދަލު ކުރައްވަނީ ކަންކަން ހައްލު ކުރުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ރައްތިތުންނަށް ވައުދުވީ ކޮންމެކަމެއް ވެސް ހަނދާނުގައި ހުރިކަން ފާހަގަކޮށް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ.

ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކައުންސިލްތަކާއި ބައްދަލު ކުރައްވައި މަސައްކަތް ކުރުމުގައި ދިމާވާ މަސައްކަތްތައް އަޑުއެއްސެވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ލާމަރުކަޒީ ނިޒާމުގެ ކުރިއެރުމަށް ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ ފުރިހަމަ މަންފާ ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކިވަކީން ހުންނަ އަތޮޅުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވިފައި ވަނީ ދ. އަތޮޅުގައި ކަމަށެވެ. އަދި އަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ނަތީޖާ ފެންނަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އެގޮތުން ހުޅުދެލީގައި ވެސް ފަޅު ތެރޭގައި ހިއްކޭނެ އެންމެ ބޮޑު ޖާގައެއް އެންވައިރޮމެންޓަލް އެސެސްމެންޓެއް ހަދައި، ނަތީޖާއަށް ރިއާޔަތްކޮށް އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި މަސައްކަތް ކުރެވިގެންދާނެކަމަށެވެ. އެ މަސައްކަތަށް ދެން އޮތީ ރައީސް ވިދާޅުވި ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކޮންސްޓްރަކްޝަން ދެމުނު ކުރަން ޖެހޭ މަޝްވަރާތައްކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް ވަނީ ރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމާއި، ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއެއް އަޅައި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: