ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ހުޅުދެލީގައި ސެލްފް ސާވިސް ބެންކިންގް އޭޓީއެމްގެ ހިދުމަތް އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްއިން ދ. ހުޅުދެލީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދީފައިވާގޮތުން ދ. ހުޅުދެލީގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތާއިއެކު އެ ކުންފުންޏަށް ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވިގޮތުން ހުޅުދެލީގައި އައު އޭޓީއެމްއެއް ޤާއިމްކުރެވުމާއެކު، ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ޤާއިމްކުރެވިފައިވާ ހަމައެކަނި އަތޮޅަށްވެފައިވާކަމަށެވެ. އަދި އެކަން އުފަލާއިއެކު ފާހަގަކުރައްވާކަމަށާއި އެކަމަކީ ބޭންކަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި މުހިންމު ކާމިޔާބީއެއްކަމަށެވެ. އޭނާ ވިދާޅުވީ، ބެންކުން އެކަމަށްޓަކައި ފަހުރުވެރިވާކަމަށެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުން ހުޅުދެލީގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ. އަދި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 157 އޭޓީއެމްއާއި އެޖެންޓު ބެންކިންގް ހިދުމަތާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އެ ކުންފުނިން އަމާޒު ހިފާފައިވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: