ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ކުރިން ހުއްދަ ނުނަގާނަމަ ޖޫރިމަނާ ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ކުރިން ހުއްދަ ނުނަގާނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ފަށައިފި އެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމްއެފްޑީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރެ، އެ ދުވަހު އަމަލުކުރަން ފެށި ”ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގަވައިދު“ ގައެވެ.

މި ގަވާއިދުގައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް ”ދިރިތި“ ޕޯޓަލް އިން ހުށަހަޅުމަށްފަހު ހުއްދަ ހޯދައިގެންނެވެ.

މި ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ހުއްދަ ހޯދި އިޝްތިހާރަށް އެއްވެސް ބަދަލެއް ގެނެސްފި ނަމަވެސް އަލުން ހުއްދަ ހޯދަން ޖެހެއެވެ. ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނުވަތަ އިދާރާއަކުން އާއްމުކޮށް ބޭނުންކުރަން އެދިފައިވާ އެއްޗެއް ނޫންކަން ކަނޑައަޅާފައިވާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކްސްއާ ކާބޮނޭޓެޑް ޑްރިންކްސް ނުވަތަ ފުޑް ސަޕްލިމެންޓާއި ނޫން ވެސް ކާބޯތަކެތި އިޝްތިހާރު ކުރެވެނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯއިންނެވެ.

އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދައްކަންޖެހެއެވެ. ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާނަމަ 3،000 ރުފިޔާ ދައްކަން ޖެހެއެވެ. ކުޑަކުދިންނާއި މާބަނޑު މީހުންނަށް ނުރައްކާ ހުރި އެއްޗެއްނަމަ އެކަން ދިވެއްސާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަން ޖެހެއެވެ.

ކާބޯއެއްޗެހީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާ ގޮތަށް އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. ނަމަވެސް ސާބިތުކުރެވޭނަމަ ޖުމްލަ ގޮތެއްގައި ބުނުމަކީ މައްސަލައެއް ނޫންކަމަށް ގަވައިދުގައިވެއެވެ. ކިރު އިޝްތިހާރު ކުރަނީނަމަ، ތިން އަހަރުން ދަށުގެ ކުދިން އިޝްތިހާރު ކުރުމަށް ބޭނުމެއް ނުކުރެވެއެވެ. ކާބޯތަކެތި އިޝްތިހާރު ކުރާއިރު އެއީ ”އެންމެ މޮޅު“، ”ދެވަނައެއް ނެތް“، ”މިވަރެއް ނެތް“ ފަދަ އިބާރާތްތައް ބޭނުންކުރުން މަނައެވެ. އަޔޮޑިން އަޅާފައި ހުންނަ ލޮނު ނޫން އެހެން ލޮނެއް އިޝްތިހާރުކުރުމަކީ ވެސް މަނާ ކަމެކެވެ.

ޕްރޮމޯޝަނަލް އިވެންޓުތަކުގައި އެނާޖީ ޑްރިންކާއި ކާބޮނޭޓެޑް ޑްރިންކާއި ފުޑް ސަޕްލިމެންޓްސް އަދި އެ ނޫން ވެސް ތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

މި އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފިނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: