ބޭންކް އޮފް މޯލްޑިވްސްގެ ”ރަން ފުރުސަތު“ ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ގުޅިއްޖެ އެވެ.
ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި 28 ފެބުރުވަރީގައި މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ ނިމޭއިރު، ބީއެމްއެލް ކާޑުން އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗަރއެއް ލިބޭނެއެވެ.
1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

