ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ރާއްޖޭގެ ފުރުތަމަ ޓިއަރ-4 ޑޭޓަރ ސެންޓަރ ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓަރ ސެންޓަރު ހުޅުވައިފިއެވެ.

މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓަރ ސެންޓަރ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.

އަޕްޓައިމް އިންސްޓިޓިއުޓް އިން ދޭ މި ސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓަރ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަން އަކަށް ވާތީ، މި ކަމުން ދައްކުވައިދެނީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަން އެކުންފުނިން ފާހަގަކުރެއެވެ. މި ޒަމާނީ ޑޭޓަރ ސެންޓަރާއެކު ދިރާގުން މި ވަނީ ދިވެހިރާއްޖޭގެ ޑޭޓަރ ސެންޓަރ އިންފްރާސްޓްރަކްޗަރ ހުންނަންޖެހޭ މިންގަޑު އިތުރަށް ހަރުދަނާކޮށްދީފައެވެ.

ދިރާގު ހުޅުމާލެ ޑޭޓަރ ސެންޓަރު އިފްތިތާހު ކޮށްދެއްވައިފައިވަނީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލްފާޟިލް ޢަލީ އިހުސާންއެވެ. މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މިއަދު ދިރާގުން މި ވަނީ ރާއްޖޭގެ ފުރުތަމަ ޓިއަރ-4 ސެޓިފައިޑް ޑޭޓަރ ސެންޓަރު ހުޅުވައި ތާރީހީ ކުރިއެރުމެއް ހޯދައިފައެވެ. ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށްކަމަށް ވިދާޅުވިއެވެ.

މި ގޮތުން، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން، ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ، އަލްފާޟިލް އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރު ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެކެވެ. ޓިއަރ-4 ގެ ޑޭޓަރ ސެންޓަރެކޭ ބުނުމުން ދޭހަވަނީ، މި ޑޭޓަރ ސެންޓަރަކީ، އިންފްރާސްޓްރަކްޗަރ އަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީ އަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓަރ ސެންޓަރެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މީގެ ސަބަބުން، ވިޔަފާރިވެރީންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސަރވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މި ސެޓިފިކޭޝަންއާ އެކު، ދިރާގުން މި ވަނީ ދިރާގުގެ ކްލައުޑް އައި.އޭ.އޭ.އެސް ގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފައެވެ. މި ކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: