ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރީ ސްޕޮޓްތަކާއި ޓާމިނަލްތައް ސިޓީސް މިނިސްޓްރީއާ ޙަވާލުކޮށްފި

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އާރުޓީއެލް ފެރީ ނިޒާމާ ގުޅިގެން ޚިދުމަތްދިނުމަށް ހެދިފައިވާ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓާ ޙަވާލުކޮށްފިއެވެ.

މި ތަންތަން އެ ވުޒާރާއާ ޙަވާލުކުރީ މިއަދު އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީ އޮފް ޓްރާންސް ޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީ ފާޠިމަތު ޝަހާން މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް މެނޭޖަރ ޢަލީ ފާޠިޙެވެ. އަދި ސިޓީސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ބުދަ ދުވަހު އެ ވުޒާރާއާ ޙަވާލުކުރައްވާފައި ވަނީ ޒޯން 1 ކަމުގައިވާ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހަދާފައިވާ މި ފަދަ 21 ތަނެކެވެ.

ޙަވާލުކުރެވުނު ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތަކުގެ ސަބަބުން އާރުޓީއެލް ފެރީގެ ޚިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށް އެ ތަންތަން ބޭނުންކުރުމުގެ މަގު ފަހިކޮށްދީ، އެ ތަންތަނުގެ އެންމެހައި ކަންކަން ގާތުން ބެލެހެއްޓުމުގެ ފުރުޞަތު ކައުންސިލްތަކަށް ލިބި، އަދި އެ ތަންތަނުން މާލީ މަންފާތައް ލިބިގަތުމުގެ ޙައްޤު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް ހަމަޖެހިގެން އެ ދިޔައީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ޚިޔާލާ ފުޅުތަކާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 3 މަހެއްގެ ތެރޭ މި ކަމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ކައުންސިލްތަކަށް އެ ސްޕޮޓްތަކާއި، ޓާމިނަލްތައް ޙަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު އާރުޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއަރޕޯޓް ހަދާފައިވާ 3 ރަށަކަށް ދެމުން އާދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: