ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއާއިއެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސް ލިބިގަތުމުގެ ފުރުސަތު!

އުރީދޫ ކަރާފެޅުން: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އެޕް މެދުވެރިކޮށް ”ކަރާ ފެޅުން“ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އުރީދޫއިން ނިންމައިފިއެވެ.

އުރީދޫއިން މައުލޫމާތު ދީފައިވާގޮތުން މީގެ ކުރިން ދެ އަހަރެއްގެ މަތިން ހަދިޔާފޮށީގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބުވުމާއިއެކު މި އަހަރު އެ ކުންފުނިންވަނީ ސުޕަރ އެޕް މެދުވެރިކޮށް ކަރާ ފެޅުން ނަމުގައި ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތުތަކެއް ހުޅުވާލުމަށް ނިންމާފައެވެ.

ކަރާ ފެޅުން ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި އެޕްގައި އެކްޓިވް އެންމެނަށްވެސް ޓެޕްކުރެވޭނެއިރު ކޮންމެ ދުވަހަކުވެސް ހިލޭ ޑޭޓާ އެޑް އޮންސް އަދި އެއަރ ފްރަޔާގެ އިތުރުން ވެކިއުމް ކްލީޏާރ ފަދަ ތަކެތި ލިބިގަތުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މި ހަރަކާތުގައި ނަސީބުވެރިންނަށް ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައްވެސް ލިބިގަތުމަށް ހުޅުވާލެވިފައިވާއިރު މިއީ އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެންދާނެކަމަށް ބުނެފައިވެއެވެ.

ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް އައިޕެޑް، އެޕަލް ޕެންސިލްގެ އިތުރުން އެއަރޕޮޑްސް މެކްސް 65 އިންޗި ޓީވީވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: