ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އޮތީ އިހުތިޖާޖުކޮށްގެން މި ވެރިކަން ނިންމުން: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އިހުތިޖާޖުކުރުމުގެ މަސައްކަތްތައް ކުރުންކަމަށް އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުންދަނީ ސުޕްރީމް ކޯޓު ބަދަލުކޮށްލުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ދިދައިގައި ހިފާ ދަމައި އެ ދިދަ ވިއްކާ ނުލާނެކަމަށް ސަރުކާރުން ބުނިނަމަވެސް މިއަދު އިސްރޭލު ޕާސްޕޯޓުގެ މައްސަލައަށް ވީގޮތްވެސް އެނގެން ނެތްކަމަށެވެ. ފައްޔާޒް ވިދާޅުވީ، ސަރުކާރުންވަނީ އެމެރިކާ ދިދައިގެ ދަށުގައި ރާއްޖޭގެ ދިދަ ބާއްވާފައިކަމަށާއި އިސްރޭލު ޕާސްޕޯޓު މަނާކުރެވިފައިނުވަނީ އެމެރިކާ ސަރުކާރުގެ އެންގުމެއްގެ ސަބަބުންކަމަށެވެ.

އެހެންކަމުން ޑްރާމާތަކެއް ކުޅުއްވުމުގެ ބޭނުމެއް ނެތްކަމަށާއި ސަރުކާރުންވަނީ ގިނަ ދޮގުތަކެއް ހަދަމުން އައިސް ރައްޔިތުން ބިކަކޮށް މަސްދަޅު ކޭސްތަކެއްގެ ބޭނުމުގައި ރައްޔިތުން ކިއުތަކެއްގައި ޖައްސާފައިކަމަށް ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، މަސްދަޅު ކޭހެއް ހިލޭ ދިނުމަށްފަހު ކަރަންޓު ބިލުބޮޑުކޮށްފައިވާކަމަށެވެ. އަދި ސަރުކާރުންދަނީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށްފަހު ރައްޔިތުން ފެލާލަމުންކަމަށާއި ފްލެޓުތައް ލިބޭ ބައެއްގެ އަތުންވެސް އަގުތަކެއް ނެގުމަށް ކަނޑައެޅިފައިވާކަމަށް އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، މަކަރުވެރިކަމުގެ އެތައް އަމަލެއް ހިންގުމަށްފަހު ސަރުކާރުގެ ވިސްނުންހުރީ ހުދުމުހުތާރު އުސޫލުތަކުގެ މަތިން ކުރިއަށް އޮތްތާނގައި ރާއްޖޭގައި އިންތިހާބެއްވެސް ނުބޭއްވުމަށްކަމަށެވެ. އެގޮތުން އިންތިހާބެއް ނުބޭއްވުމަށްޓަކައި 2013 ވަނަ އަހަރު ސުޕްރީމްކޯޓުން ގައިޑްލައިންތަކެއް ނެރި އިންތިހާބު އޮޅާލިކަމަށެވެ. އަދި މިއަދު ރައީސް ޑރ މުއިއްޒުވެސް ހުންނެވީ އެ ދިމާލަށް ކަންކަން ގެންދިއުމުގެ ވިސްނުންފުޅުގައިކަމަށާއި ސައްހަ ވޯޓެއް ނަގައިފި ހާލަތެއްގައި ރައްޔިތުން ވޯޓުނުދޭނެކަން ކަނޑައެޅިގެން އެނގޭކަމަށެވެ.

އެހެންކަމުން ދެން އޮތީ އިހުތިޖާޖުތަކެއް ކޮށްގެން މި ވެރިކަން ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށާއި އެކަމުގައި އެންމެ ފަހުމީހާއާއި ޖެހޭއިރުވެސް އެމްޑީޕީގެ މެމްބަރުން ތިބޭނެކަމުގެ ޔަގީންކަންދެއްވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: