ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ލިސްޓުން ނަން އުނިވެފައިވާނަމަ، ޝަކުވާ ހުށަހެޅުމުން މައްސަލަ ބަލާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓުގައި އެއްވެސްް މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދައުރު ނިމުމުގެ ކުރިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގައި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ހިނގަމުން މިދާ 2025 ވެގެން ދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ ހައުސިންއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިނގާނެ އަހަރަށެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުނުން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުން ޝަރުތު ހަމަނުވާއިރު ދޮގު ލިޔެކިއުންތައް ނުވަތަ ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން ހުށަހެޅިކަމުގެ ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން މައްސަލައިގެ ތަހުގީގުތައް ކުރުމަށް ފަހު، އިއްޔެ އާންމު ކުރި ލިސްޓާއިއެކު އަނެއްކާވެސް އިތުރު މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި ކުރިން ލިސްޓުގައި ނަން އޮތް ނަމަވެސް، އައު ލިސްޓުގައި ނަން ނެތުން ހިމެނެއެވެ.

އިއްޒުއްދީން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ފްލެޓު ލިސްޓާއި ގުޅުވައި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ނުފޫޒެއް ނޯންނާނެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ މިފަދަ އެއްވެސް ނުފޫޒަކާއި ނުލައި ލިސްޓު އާންމު ކުރި ފުރަތަމަ ސަރުކާރަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ ލިސްޓު އާންމުކޮށްފައި ވަނީ އޭސީސީ ބަލަން ޖެހޭ ކަންކަން ބަލައި، ގެދޮރުވެރިޔާ ސްކީމްގެ ޝަރުތުތަކާއި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ލިސްޓުގައި ނަން ކުރިން އޮވެ، މިހާރު އުނިވެފައިވާނަމަ އެ ސަބަބު އެނގެން އޮންނާނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ނުފޫޒާއި ބާރު ބޭނުންކޮށްގެން، ވަކި މީހަކަށް ވީތީ ނުވަތަ ވަކި އާއިލާއަކަށް ނިސްބަތް ވީތީ ލިސްޓުން ނަމެއް އުނިކޮށްފައި ނުވާނެކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި، އިންތިހާއަށް ޝައުގުވެރިކަން ހުރެ ހަމަހަމަކަމާއި ލޯތްބާއި އެކު އަދުލުވެރިކަމާއި އެކު ހިދުމަތް ކުރުމަށް އައި ސަރުކާރެއްކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ލިސްޓުން ނަން އުނިވެފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާނަމަ އެ ފުރުސަތު އޮންނާނެކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: