ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް މޮނިޓަރކުރަން ހާއްސަ ޓީމުތަކެއް ނެންގެވުމަށް ވަނީ ހަމަޖެހިފަ: އާދަމް ޝަރީފު

ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ތަރައްޤީއަށް ހިންގާ ތަފާތު، މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް ނެންގެވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކައުންސިލްތަކަށް ޚާއްޞަކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތައް ހިންގުމުގައި ދިމާވާ ހުރަސްތައް ކުޑަކުރުމަށް ޓަކައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ކައުންސިލަރުންގެ އިތުރުން ޑެޕިޔުޓީ މޭޔަރުންނާއި، އެލްޖީއޭ އަދި މި ވުޒާރާގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި، ކައުންސިލްތަކާ ގުޅުވައިދިނުމަށް މުހިންމު މަސައްކަތްތަކެއް ވުޒާރާއިން ކުރައްވަމުން ގެންދަވައި ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދަން ރާވާ އިރު އެ ކަމުގެ މަޢުލޫމާތު ދުރާލާ ކައުންސިލްތަކަށް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްތައް ތަރައްޤީކުރުން، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން، ކޮންމެ ކަމެއް ފަށައި އިރުވެސް ކޮންމެ ރަށަކުން މޮނިޓަރިންގ ޓީމެއް އެކުލަވައިލާނެ. ޔަޤީންކުރަން ބޭނުންވަނީ ހިންގަމުންދާ މަޝްރޫޢުއަށް ކައުންސިލްގެ ފަރާތުން، ރަށުގެ ފަރާތުން ބަސް ބުނާނެ ބަޔަކު ތިބިކަން.

މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް ދަތުރު ކުރައްވައި ރައްޔިތުންނާއި ބައްދަލު ކުރައްވަނީ ކަންކަން ހައްލު ކުރުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ރައްތިތުންނަށް ވައުދުވީ ކޮންމެކަމެއް ވެސް ހަނދާނުގައި ހުރިކަން ފާހަގަކޮށް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ.

ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކައުންސިލްތަކާއި ބައްދަލު ކުރައްވައި މަސައްކަތް ކުރުމުގައި ދިމާވާ މަސައްކަތްތައް އަޑުއެއްސެވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ލާމަރުކަޒީ ނިޒާމުގެ ކުރިއެރުމަށް ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ ފުރިހަމަ މަންފާ ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކިވަކީން ހުންނަ އަތޮޅުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވިފައި ވަނީ ދ. އަތޮޅުގައި ކަމަށެވެ. އަދި އަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ނަތީޖާ ފެންނަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: