ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ.އިހަވަންދޫ ސިއްޚި މަރުކަޒު( އާމިނާދިޔޯ) ގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ.

ހއ. އިހަވަންދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި މިބަލީގެ ސަބަބުން ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޚިދުމަތްހޯދާ ފަރާތްތަކަށް ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

މިޚިދުމަތް ފެށުމާއެކު، މިހާރު ރަށުން ބޭރަށް ގޮސްގެން މި ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ލުއިފަސޭހަވެގެންދާނެ. އަދި ޢާއިލާތަކުން ކުރަންޖެހޭ ޚަރަދުތައްވެސް ކުޑަވެގެންދާނެ.

މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފެށުމުގެ މަސައްކަތްތަކުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް 3 ޑައިލިސިސް މެޝިން ވަނީ ބެހެއްޓިފައެވެ. އަދި ޚިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ މުވައްޒަފުން ވަނީ ތަމްރީން ކުރެވިފައިކަމަށް މައުލޫމާތުދެއްވިއެވެ.

ހއ. އިހަވަންދޫއިން 4 ބަލި މީހުން މި ޚިދުމަތް ހޯދަމުންދެއެވެ. އަދި އިތުރު 2 ބަލިމީހުން ހދ. ކުޅުދުއްފުށީގައި ދިރިއުޅެމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މި ޚިދުމަތް ހޯދަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: