މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިއުލާނުކޮށްފިއެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ގަރާރުގައި ވަނީ މާދަމައަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
މިގޮތަށް ކަނޑައަޅާފައި ވަނީ މިއަދުގެ އިރުއޮއްސުނު ފަހުން، އިސްލާމީ ބައެއް ގައުމުތަކަށް މި އަހަރުގެ ރޯދަ މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނު ކުރެއްވި ބަޔާނުގައިވެއެވެ.

