ބޭންކް އޮފް މޯލްޑިވްސްގެ ”ރަން ފުރުސަތު“ ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
1 މާރިޗު އިން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، މި ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
”ރަން ފުރުސަތު“ ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައްވެސް ހިމެނެއެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި މިހާރާ އެއްގޮތަށް ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ޚިދުމަތްތައް ލިބޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރުމާއި ނެގުން، ފައިސާ ޓްރާންސްފަރ ކުރުން، ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، ލުއި ލޯނާއި ފައިނޭންސް ދޫކުރުން އަދި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.

