ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުތަފާތުވުމަކީ ޕާޓީގެ ވިޕާ ޚިލާފަށް ގޮސް ވޯޓުދޭންޖެހޭ ސަބަބެއް ނޫން: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުތަފާތުވުމަކީ ޕާޓީގެ ވިޕާ ޚިލާފަށް ގޮސް ވޯޓުދޭންޖެހޭ ސަބަބެއް ނޫންކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމަށް، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ތާއީދުކޮށް ވޯޓު ދީފައި ނުވަނީ އެގޮތަށް  އެ ބިލަށް ތާއީދު ނުކުރުމަށް ސަރުކާރުގެ ވަޒީރުން ހިމެނޭގޮތަށް ގިނަ ބައެއްގެ ލަފާ ލިބިފައިވާކަމަށް މެމްބަރު އަޒާން ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، ޕާޓީގެ ވިޕާ ޚިލާފަށް ވޯޓު ދިނުމަށް ސަރުކާރުގެ އެއްވެސް ވަޒީރަކު އަދި މެމްބަރަކުވެސް ލަފާދެއްވާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އެފަދަ ވާހަކަތަކަކީ ސަރުކާރު ބަދުނާމު ކުރުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ.

ސިޔާސީ ޕާޓީތައް އޮންނަ ނިޒާމެއް ރާއްޖޭގައި އޮންނައިރު، އިންތިޚާބުވާ ޕާޓީގެ ޕީޖީ ގްރޫޕުން ވަކި ގޮތަކަށް ނިންމައިފިނަމަ އެކަމަށް ތަބަވާން ޖެހޭނެ ކަމަށާއި، ޑިމޮކްރަސީއަކީވެސް އެއީކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ޕީޖީ ގްރޫޕުގައި ނެގުނު ވޯޓުގައިވެސް ގިނަ މެމްބަރުންނަށް ޤަބޫލު ކުރެވުނީ އެ ބިލަށް ވޯޓު ދޭންޖެހޭނެކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުންވެސް ބާރުއަޅަނީ މިގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީ ލީޑަރަކީވެސް ޕާޓީގެ ޤަވާއިދާއި މެމްބަރުންނަށް އިޙްތިރާމް ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ސަރުކާރު ހިންގަން ބޭނުންވާ މުހިއްމު ޤާނޫނުތައް ފާސްކުރުމަށް

ހިޔާލުތަފާތުވުމަކީ ޕާޓީގެ ވިޕާ ޚިލާފަށް ގޮސް ވޯޓުދޭންޖެހޭ ސަބަބެއް ނޫން

މެމްބަރު ވިދާޅުވީ، ޕީއެންސީގެ ކުޑަ ދަށުގައި ރަނގަޅު ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށް ހުރިހާ މެމްބަރުންގެ ކިބައިންވެސް އެދިވަޑައިގަންނަވާކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5ށް ދަށްކުރާ ބިލު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޯޓުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކި ކުރުމަށް ފާސްކުރި ބިލު އަޒާން ސިފަކުރެއްވީ ގާނޫނުއަސާސީއާއި ހިލާފު ބިލެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ އެ ބިލަށް ތާއީދު ނުކުރުމަށް ނިންމީ އޭނާ އިންތިހާބު ކުރި ރައްޔިތުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ ވަކީލުން އަދި ޝަރުއީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް، މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އިތުރުން ދިވެހި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އެތައް ބައެއްގެ ލަފާގެ މަތީންކަމަށެވެ.

އަޒާން ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކާއި ގުޅުން ހުރި މައްސަލައެއް އޮތްނަމަ، އެކަން ހުށަހަޅައި ޖޭއެސްސީގެ ތެރެއިން އެ ފަނޑިޔާރަކު ވަކި ކުރެވިދާނެކަމަށާއި އެހެން ނަމަވެސް މިހާރު ގެންދާ ގޮތުގެ މަތީން ދެ ފަނޑިޔާރަކު ވަކި ކުރުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭކަމެއް ނޫންކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މިއީ މިނިވަން ދިމަގްރާތީ މުޖްތަމައުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަނޑައެޅިގެން ހިލާފަށް ކުރެވޭކަމެއްކަމަށް ވާތީ ތާއީދު ކުރެވެން ނެތްކަމަށެވެ.

ބަޔާން ނިންމަވާލައްވަމުން އަޒާން ވިދާޅުވީ އޭނާ ހުރީ ސަރުކާރުގެ މެމްބަރެއްގެ ގޮތުގައި،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: