ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްޓަ ފުޑްސް ބްރޭންޑުގެ ކުކިން ސޯސްއެއް ވިއްކުމާ ބޭނުންކުރުން މަނާކޮށްފި

"މާސްޓަ ފުޑްސް" ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ”މާސްޓަ ފުޑްސް“ ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިފަދައިން ނިންމާފައިވަނީ ”މާރްސް އޮސްޓްރޭލިއާ ޕވޓ ލޓޑ“ އިން އުފައްދާފައިވާ މި ސޯސްގައި ބިސް ހިމެނޭއިރު، އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީއެވެ. މި މައްސަލައާ ގުޅިގެން އުފެއްދި ކުންފުނިން ވަނީ މި އުފެއްދުން ބާޒާރުން ނެގުމަށް އަންގާފައެވެ.

މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (INFOSAN) މެދުވެރިކޮށް އެމްއެފްޑީއޭއަށް އެންގިފައިވާކަން ފާހަގަކުރެވެއެވެ.

އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެ އެތެރެ ކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

އެމްއެފްޑީއޭއިން ވަނީ މި އުފެއްދުން ގަނެފައިވާ ފަރާތްތަކުން އެ އުފެއްދުން ބޭނުން ނުކުރުމަށާއި، ވިޔަފާރިތަކުން މި އުފެއްދުން ވިއްކުން ހުއްޓާލުމަށް އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: