ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައްޔިތުންނަށް ހެޔޮކަންކަން ކޮށްދޭތީ އިދިކޮޅު ފަރާތްތަކުން އެކަމާ ހަސަދަވެރިވޭ: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންނަށް ހެޔޮކަންކަން ކޮށްދޭތީ އިދިކޮޅު ފަރާތްތަކުން އެކަމާ ހަސަދަވެރިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ހެޔޮކަންކަން ކޮށްދޭތީ އިދިކޮޅު ފަރާތްތަކުން އެކަމާ ހަސަދަވެރިވާ ކަމަށާއި، ސަރުކާރާ ގުޅުވައި ދައްކާ އެކިއެކި ވާހަކަތަކަކީވެސް އެ ހަސަދައިގެ ސަބަބުން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ހަސަދަ އިނގޭތޯ އެއީ، ހެޔޮކަމެއް ކުރީމާ އެއަށް އިންކާރު ކުރަން ނޭނގިގެން އެމްޑީޕީން މި ކުރާ ކަމަކީ ވަހާނަތު އިނގޭތޯ، އެއީ މީހުންގެ ހިތުގައި ޝައްކާ ވަހުމު އުފެއްދުން

މެމްބަރު ވިދާޅުވީ، ފުރަތަމަ ފަހަރު ރަމަޟާން މަހުގައި ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ފެށީވެސް މި ސަރުކާރުގައި ކަމަށާއި، މަސްދަޅު ދޫކުރުމަކީވެސް އެގޮތުގެ މަތިން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގައިވެސް ރައްޔިތުންގެ ހިތްތަކުގައި ވަހުމު އުފެއްދުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، 2018 އާ ޖެހެންދެން ކޮންމެ ރަމަޟާން މަހެއްގައިވެސް ފަހު ދިހައެއްގައި އެމްޑީޕީން އެފަދަ ކޮންމެވެސް އިހުތިޖާޖެއް ކުރާ ކަމަށެވެ. އެގޮތުން އެމްޑީޕީން ކުރާ ކަމަކީ ދޮގު ހެދުމާއި ދޮގު އުފެއްދުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަޝްރޫއާ ގުޅޭގޮތުންވެސް މެމްބަރު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މެމްބަރު ވިދާޅުވީ، އެ މަސައްކަތް މި ސަރުކާރުން ކޮށްފައިވަނީ ނުހަނު ރަނގަޅަށް އަދި ތާރީޚީ އަސަރުތައްވެސް ފެންނާނެ ގޮތަށް ކަމަށާއި، އެއީ ނުހަނު ރަނގަޅަށް މި ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ.

ހަމައެއާއެކު، އެއީ ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަމެއް ކަމަށާއި، ފަތުރުވެރިކަމަށް ބަލާއިރުވެސް އެތަނުގެ ބޭނުންތެރިކަން ބޮޑުކަމަށް މެމްބަރު ފާހަގަ ކުރެއްވިއެވެ.

އްޒުއްދީން ފާލަމަކީ މާލޭގެ މަންޒަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ.  އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން މި ފާލަމަކީ ފަތުރުވެރިން ޒިޔާރަތްކުރާނެ ތަނެއްގެ ގޮތުގައި ދެކޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނަވެ، މަރާމާތު ކުރަން ޖެހިފައެވެ. އެގޮތުން އަލުން ތަރައްޤީކުރެވުނު ރަސްމީ ފާލަމަކީ ދިވެހީންގެ ޤައުމިއްޔަތާއި، ސަގާފަތް ރަމަޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާއިރު، މި މަޝްރޫއުއަކީ 11.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރަށްވާ ޢިއްޒުއްދީން ފާލަމަކީ ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.

މަރާމާތަށް ފަހު މިހާރު އިއްޒުއްދީން ފާލަން ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: