ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ވިޔަފާރި ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާ ޚިދުމަތްތަކަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް

ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާ ޚިދުމަތްތަކަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދީފިއެވެ.

މި ކުރިއެރުންތަކުގެ ތެރޭގައި ކާޑު މުޢާމަލާތްތަކުގެ ފައިސާ އަވަހަށް ޖަމާކޮށްދިނުމާއި، ނަގުދު ފައިސާ ނެގުމުގައި ލުއިފަސޭހަ ގޮތްތަކެއް ހިމެނެއެވެ.

ބީއެމްއެލްގެ ޕޮސް މެޝިނާއި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރެވޭ ކާޑު މުޢާމަލާތްތަކުގެ ފައިސާ، މުޢާމަލާތް ސެޓްލްކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތަކުގެ އެކައުންޓަށް ޖަމާކޮށްދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ވިޔަފާރިތަކުގެ ފައިސާގެ ދައުރުވުން އަވަސްކޮށް، ވިޔަފާރި ހިންގުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

މީގެއިތުރުން، ވިޔަފާރި ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމުގައި ޗެކު ބޭނުންކުރުމުގެ ބަދަލުގައި ބިޒްނަސް ޑެބިޓް ކާޑު މެދުވެރިކޮށް 200,000 ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި ބަދަލަކީ ވިޔަފާރިތަކަށް ފައިސާ ނެގުމުގައި ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

ބީއެމްއެލްއިން މި ގެނައި ބަދަލުތަކަކީ އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ވިޔަފާރި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ ކުރިއެރުންތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: