ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓުން ފަށައިފިއެވެ.

މި ޙަރަކާތް ފެށުނީ ހޮނިހިރު ދުވަހުގެ ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަނީ ވަޑައިގެންފައެވެ.

މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ މުހިންމު މސައްކަތެކެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫޖެހެއެވެ. ސިފައިންނާއި، ފުލުހުންނާއި ކަމާގުޅުންހުރި މުވައްސަސާތަކުން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އަބަދުވެސް ކުރެއެވެ. ދާދި ފަހުން މާލޭގައި ފެން ބޮޑުވެ އެތައް ގެއްލުންތަކެއް އާއްމުންނަށް ވަނީ ވެފައެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް އިޢުލާނު ކުރައްވައިފައި ވެސް ވެއެވެ.

މިނިސްޓްރީން ފަށާފައިވާ މި މަސައްކަތަކީ ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މި ވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: