ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާން ވަކި ލިޔެކިއުންތަކެއް ހުށައަޅާކަށް ޝަރުތެއް ނުކުރަން: އެމްޑީޕީ

ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް ވަކި ލިޔެކިއުންތަކެއް ހުށައަޅަން ސަރުތުކޮށްފައިނުވާނެކަމަށާއި ސަބަބަކީ އެކި މީހުންގެ އަތުގައި ހުރިހާ ލިޔެކިއުންތައް ނެތުން އެކަށީގެންވުމުން އެއީ ބޭއިންސާފުވެރިކަމެއްގެ ގޮތުގައި ދެކޭތީކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ މައްސަލައިގައި މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީން ބުނެފައިވާގޮތުން އެ ޕާޓީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތެއް އެކުލަވާލައިގެން މަސައްކަތްތަކެއް ފެށިކަމަށާއި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އެ މަސައްކަތްތަކުގެ ތެރެއިން އިއުލާނުކުރެވިގެންދިޔަކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ތެރެއިން ދޫކުރަނީ ބަންޑާރަ ގޯތިތައްކަމަށްވާއިރު އެޕާޓުމެންޓު ނުވަތަ ފްލެޓު ދޫކުރުމަށް ކަނޑައެޅީ ގެދޮރުވެރިޔާ ސްކީމްކަން ފާހަގަކުރިއެވެ. އެޕާޓީން ބުނެފައިވާގޮތުން މި ސްކީމަކީ މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާފައިވާ ސްކީމެއްކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ ސިޔާސަތަކީ ވިހާވެސް ތަކުލީފު ކުޑަކޮށް ބާކީނުވާނެހެން ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށެވެ.

އެހެންކަމުން އެންމެ ފުރަތަމަ އުސޫލެއް ކަނޑައަޅައި ގެޒެޓުކުރެވުންކަމަށާއި ރައްޔިތުންގެ ހިޔާލަށް ހުޅުވާލައި އެ މަރުހަލާއަށް ތިންމަސް ދުވަސް ދިންކަމަށެވެ. އަދި ސްކީމު ހިންގުމަށްޓަކައި ރައްޔިތުން ކިއުގައި ނުޖައްސާ ފޯމު ހުށައެޅޭނެ ޑިޖިޓަލް ޕޯޓަލްއެއް ގާއިމުކުރެވުނުކަމަށާއި މިއީ ކިއުއެއްގައި ނުޖައްސާ މިފަދަ ކަމެއް ކުރުމަށްޓަކައި އެންމެ ގިނަ ފޯމު ބަލައިގަނެވުނު ފުރަތަމަ ފަހަރުކަމަށް ބުނެފައިވެއެވެ. އެގޮތަށް ކަންކަން ކުރުމުގައި ސަރުކާރުގެ ބޭނުމަކަށްވީ ގިނަ ރައްޔިތުންތަކެއްގެ ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށްވުމުން ވީހާވެސް ތަކުލީފުކުޑަކޮށް ލުއިފަސޭހަ ގޮތަކަށް ކަންކަން ކުރުންކަމަށެވެ.

އެ ޕޯޓަލް ފަރުމާކޮށްފައިވާނީ ފޯމު ހުށައަޅާ ފަރާތުގެ ގިނަ މައުލޫމާތުތަކެއް އެކި މުއައްސަސާތަކުން ޕޯޓަލްއަށް ލިބޭ ގޮތަށްކަމަށްވާއިރު ހުށައަޅާ މީހެއްގެ އައިޑީ ކާޑާއި ދަރިންގެ އުދަންދުވަހުގެ ސެޓްފިކެޓުފަދަ ލިޔެކިއުންތައް ހުށައަޅަން ނުޖެހޭނެކަމަށް ބުނެފައިވެއެވެ. އެޕާޓީން ބުނެފައިވާގޮތުން މި މައުލޫމާތުތައް އަލުން ދޭންޖެހުނީ މިހާރު ވެރިކަމުގައި އޮތް ސަރުކާރުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އަމަލުކުރަމުންދިއުމާއި ގުޅިގެންކަމަށެވެ. އެޕާޓީން ބުނެފައިވާގޮތުން ވަކި ލިޔެކިއުންތަކެއް ހުށައަޅަން އަންގާފައިނުވާނެކަމަށެވެ. އެގޮތުން ޗެކު ލިސްޓެއްގެ ގޮތުގައި ވަކިވަކި ލިޔެކިއުންތަކެއް ހުށައެޅުމަށް ޝަރުތުކޮށްފައިވެސް ނުވާނެކަމަށާއި އެފަދަ ގޮތަކަށް ވަކި ލިޔެކިއުންތަކެއް ހުށައަޅަން އެނގުމަކީ ބައެއް ރައްޔިތުންނަށް ބޭއިންސާފަކަށް ވެގެންދާނެކަމަށް ގަބޫލުކުރެވުނުކަމަށްވެސް ބުނެފައިވެއެވެ.

އެޕާޓީން ބުނެފައިވާގޮތުން އެގޮތަށް ނިންމީ އެކި މީހުންގެ ދިރިއުޅުން ތަފާތުވާނެކަމަށްވުމުންކަމަށެވެ. އަދި ވަކި ޑޮކިއުމެންޓުތަކެއް ހުށައަޅަން ބުނުމުން ބައެއް މީހުންގެ އަތުގައި އެ ލިޔެކިއުންތައް ނުހުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ހުށައެޅިދާނެ ލިޔެކިއުންތަކުގެ މިސާލުތަކެއް ބަޔާންކޮށްފައިވާނެކަމަށޭވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: