ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓީބީ 2025: ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަޝްވަރާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޓީބީ 2025 ގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް އިސްވެ ހުންނަވައިގެން ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓަރ ތޯރިގް މިވަގުތު ހުންނެވީ އައިޓީބީ 2025 ދަތުރުފަތުރުގެ މައުރަޒުގައި ބައިވެރިވުމަށް ވަޑައިގެން ބަރލިންގައެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. އެގޮތުން އެޓްމޮސްފިއަރ ކޯގެ އިސްވެރިއެއްކަމަށްވާ މިސްޓަރ ސްޓެފާން ލަގުއެޓްއާ އެކު ކުރެވުނު މަޝްވަރާއިންވެސް މުހިންމު މައުލޫމާތުތަކެއް ލިބިގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭނުންތަކާ ގުޅޭގޮތުން ގިނަ މުހިންމު ނުކުތާތަކެއް ފާހަގަކުރެވުނުކަމަށް މިނިސްޓްރީއިން ބުންޏެވެ. ޚާއްޞަކޮށް، އެޓްމޮސްފިއަރ ކޯގެ ރިސޯޓުތަކުގައި ތަޢާރަފުކޮށްފައިވާ އެލުމިނިއަމް ރީސައިކަލްކުރުމުގެ ޕްރޮގްރާމަކީ ވަރަށް ޝައުޤުވެރިކަން ހުރި މަޢުލޫމާތެއް ކަމުގައި ފާހަގަކުރެވިގެންދިޔަމަށް މައުލޫމާތުދީފައިވެއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވި ގޮތުގައި މިފަދަ މައުރަޒުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ މަޢުލޫމާތަކީ ވަރަށް އަގުހުރި އެއްޗެކެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ލިބުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ.

އައިޓީބީ 2025 ގައި ރާއްޖެއިން ބައިވެރިވެފައިވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްނެގުމުގެ ދަށުންނެވެ. އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެހީތެރިކަމާއެކުގައެވެ.

މި ދަތުރުގެ ތެރެއިން މިނިސްޓަރު ޠާރިޤް ވަނީ ވިލާ ރިސޯޓްސްގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުކަމަށް މައުލޫމާތުދީފައިވެއެވެ.

ޠާރިޤް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދެފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވިލާ ރިސޯޓްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެކަމަށެވެ.

އައި.ޓީ.ބީ 2025 ފެއަރގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

2025 ވަނަ އަހަރުގެ ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި (ޑަބްލިޔޫ.އެސް.ޑީ.އެސް 2025) ބައިވެރިވުމަށް ދިޔަ ރާއްޖޭގެ ވަފުދު، އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް (އައި.އެސް.އޭ) ގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު އާއި ޑެޕިއުޓީ މިނިސްޓަރ އަތީފެވެ. އައި.އެސް.އޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަޖައި މަތުރު އާއި އަލަށް އައްޔަނުކުރެވުނު ޑިރެކްޓަރ ޖެނެރަލް އަޝިސް ކަންނާއެވެ.

މި ބައްދަލުވުމުގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، އައު އީޖާދުތައް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރާއްޖެއާއި އައި.އެސް.އޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ މެދުވެސް ވާހަކަދެކެވުނެވެ.

ރާއްޖެއަކީ އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް މަސައްކަތްކުރަމުންދާ ޤައުމަކަށްވުމާއެކު، މިފަދަ ބައްދަލުވުންތަކުން ރާއްޖެއަށް ލިބޭނެ ފައިދާތައް ބޮޑުވާނެކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާ ހޯދުމަށް މިފަދަ ބައްދަލުވުންތަކުން މަގުފަހިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: