އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ހިތްގައިމު ރޯދަ ކެމްޕެއިންގެ، ރޯދައިގެ ނޫރު ކެމްޕެއިންގެ ދަށުން ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށް އުރީދޫއިން ބުނެފިއެވެ.
މި ރަމަޟާން މަހު އުރީދޫ މޯލްޑިވްސްގެ އިސްތިހާރު ތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރަމަޟާން މަހުގެ އެކި ކަންތައްތައް ދަނީ ފެންނަމުންނެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ ޚާއްޞަ ކެމްޕެއިން “ ރޯދައިގޭ ނޫރު“ އެވެ.
”ރޯދައިގެ ނޫރު“ މި ކެމްޕޭނުން ދައްކުވައިދެނީ ”ނޫރު“ ނަމަކަށްކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރުކަމަށް އުރީދޫއިން ބުންޏެވެ. ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ ”ރޯދައިގެ ނޫރު“ ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރަމަޟާން މަހުގެ ރިވެތި އަޚްލާޤުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދާނެކަމަށްވެސް ބުންޏެވެ. އަދި މިފޮތުގެ ޞަފްޙާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދާނެކަމަށްވެއެވެ.
މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރަމަޟާން މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށްވެސް ރިލޭޓެބަލް އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުރީދޫއިން އުއްމީދު ކުރެއެވެ.
ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރުކަމަށް ފާހަގަކޮށް އުރީދޫއިން ބުނީ ”ރޯދައިގޭ ނޫރު“ އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމެޕެއިނުތަކެއް ގެނެސްދިނުމަށެވެ. މި ރަމަޟާން މަހު އެ ކުންފުނިން ދައުވަތު ދެނީ ”ނޫރު“ އާއި އެކު ރަމަޟާން މަސް ތަޖުރިބާ ކުރުމަށެވެ.

