ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ލިސްޓުން ބައެއް މީހުންގެ ޕޮއިންޓުތައް މަތިކޮށްފައި އެބަހުރި: އިބްރާހިމް ވަހީދު

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމަށް އެދި ހުށައެޅި ބައެއް ފަރާތްތަކަށް ލިބުނު ޕޮއިންޓުތައް އިތުރުކޮށްދީފައިވާކަމަށް ބުނެ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް ވަހީދު ވިދާޅުވީ، އެ ޕާޓީންވަނީ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓަށް ބަލާލާފައިކަމަށެވެ. އެގޮތުން ރިވިއުކުރީ އެމްޑީޕީން ފްލެޓު ދިނުމަށް ކަނޑައެޅި 4000 މީހުންގެ ލިސްޓު އެކަނިކަމަށް މިނިސްޓްރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާކަން ފާހަގަކުރެވުނުކަމަށާއި އޭގެ ބޭރުން ސަރުކާރުން ބޭނުންވާ 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކުރުމަށްފަހު އެމީހުންނަށް ފްލެޓު ދޭން ނިންމާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، 577 އަކީ ކުޑަ އަދަދެއް ނޫންކަމަށާއި އެމްޑީޕީން ކަނޑައެޅީ 4000 މީހުންގެ ލިސްޓުގައި ނުހިމެނޭ އެ އަދަދުގެ މީހުންނަށް ފްލެޓު ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. އެ މީހުންގެ ތެރެއިން 56 ބޭފުޅެއްގެ ޕޮއިންޓު މަތިކޮށްފައިވާކަންވެސް އެމްޑީޕީއަށް ފާހަގަކުރެވުނުކަމަށާއި ނަމަވެސް ރިވިއުކުރުމަށްފަހު ޕޮއިިންޓު ބަދަލުކުރީ ކޮން އުސޫލަކުންކަން އެނގެން ނެތްކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ޕޮއިންޓަކީ ޕޯޓަލްއަށްވަދެ އެމީހަކު ޓިކްކުރަމުންދާއިރު އެމީހަކަށްވެސް ފެންނާނެ އެއްޗެއްކަމަށާއި އެމީހަކަށްވެސް މައުލޫމާތުތައް އެނގޭނެކަމަށެވެ. އެހެންކަމުން މި ސަރުކާރުން އަލުން ޕޮއިންޓުތައް ބަދަލުކުރީ ކޮން އުސޫލަކުންކަމެއް ނޭނގޭކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރ ހައިދަރަށް ފްލެޓު ލިބުނީ އެމްޑީޕީގެ ސަރުކާރުން އެއީ ޝަރުތު ހަމަވާ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވުމުންކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިކަމަށެވެ. އިބްރާހިމް ވިދާޅުުވީ، އެއީ ރަނގަޅު ވާހަކައެއްކަމަށާއި އެއީވެސް ޝަރުތު ހަމަވާ މީހުންކަމަށެވެ. ނަމަވެސް ފްލެޓު ލިބުނު މީހުން އިތުރުން އެމްޑީޕީގެ ލިސްޓުގައި ޝަރުުތު ހަމަވާ 15،751 މީހުން ތިބިކަމަށާއި އެހެންކަމުން އޭގެ ތެރެއިން މިނިސްޓަރ ހައިދަރުގެ ދެމަފިރިންނަށް ފްލެޓެއްދޭން ކަނޑައެޅުނީ ކޮން ގޮތަކަށްތޯ ސުވާލު އުފެއްދެވިއެވެ. އަދި 15000އަށްވުރެ ގިނަ މީހުންގެ ތެރެއިން ހަމައެކަނި ދެމީހެއްގެ ވާހަކަ މިނިސްޓަރ ދެއްކެވުމުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަމަށާއި އަދި ސަރުކާރުން ބުނާގޮތަށް ޝަރުތުހަމަވެގެން ލިބޭނަމަ އެންމެނަށްވެސް އެ އުސޫލުން ލިބެންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: