ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއަށް ކްރިމިނަލް ކޯޓުގެ ގާޒީން ހާޒިރުކުރަން ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކާ ގުޅޭ ޖިނާއީ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކްރިމިނަލް ކޯޓުގެ ގާޒީން ހާޒިރުކުރަން ފަށައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ވަނީ އެކަން ”ސަންގަށް“ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ހާޒިރު ކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް ހާޒިރުކުރާ ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޖިހުނ،ީ ގާޒީ ސޮފްވަތު ޙަބީބް އަދި އިސްގާޒީ އާދަމް މުޙައްމަދު ހިމެނޭކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ބައެއް ގާޒީންގެ ބަޔާން މިހާރު ނަގާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އެހެންނަމަވެސް އެ ގާޒީންގެ ތަފްސީލުތައް ކަށަވަރުކޮށްދެވެން ނެތްކަމަށް އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑުކޮށްފައިވަނީ 26 ފެބްރުއަރީގައެވެ. އެގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު ސަންގަށް ކަށަވަރު ކޮށްދެއްވި ގޮތުގައި އޭސީސީން ބަލަމުންދާ އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން ފަނޑިޔާރު އަޒްްމިރަލްދާއާއި ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

އެ މައްސަލަ އަމިއްލަ ފަރާތަކުން ޖޭއެސްސީގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައިވެސް ވަނީ ބަލަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: