ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ހިންގި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ހިންގި ކައުންޓާ ނަކޯޓިކްސް އޮޕަރޭޝަނެއްގަައި މަސްތުވާތަކެއްޗާއިއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ ކައުންޓާ ނާކޯޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާއި ގުޅިގެންނެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ބައިވެރިކަމާއިއެކު ކުރިޔަށް ގެންދެވުނު އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ) އެވެ.

ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގައިފަައިވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި ހިންގެވުނު އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކުރެވުނީ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ޒާތުގެ ތަކެތި ފެނުމުން ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުން ހޯދި ހޯދުންތަކުގެ އިތުރު މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މަސްތުވާކެއްޗަށް ބެލެވޭ ތަކެތީގެ ބަރުދަނަކީ 57.78 ގުރާމްއެވެ. ހަމައެއާއިއެކު، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބިފައިވާ ފައިދާގެ ގޮތުގައި ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

ހައްޔަރުކުރެވެނު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ސިމްރާޙް އާއި ޞަލާޙު ޝިހާބްގެ ބަންދަށް 15 ދުވަސް ޖެހުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންނަވެސް، ހައްޔަރުކުރެވެނު 2 މީހުންގެ ތެރެއިން އިބްރާހީމް އިމާދުވަނީ ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލައިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވާވަނީ،  އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަކަމަަށެވެ.

ހައްޔަރުކުރެވެނު 3 މީހުންގެ ތެރެއިން 1 މީހަކު ވަނީ ބަންދުގައި ނުބަހައްޓާ ދޫކޮށްލައިފައެވެ. ފުލުހުން އެކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: