ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ބޭރުން ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުއްދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޙަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފްއެވެ. ރޮޑް ދިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރުއެވެ.

މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ. މަސައްކަތުގެ މުއްދަތަކީ ދޮޅު އަހަރެވެ.

މިއީ މާލެއިން ބޭރުން އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެށިއެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މިތަނުން ދޭ ޚިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުމާއިި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކި އެކި ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމް ތައްވެސް ހިންގާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރަށްރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ނިމޭއިރު އެތަނުން ދެވޭ ޚިދުމަތަށްވެސް ކުރިއެރުން އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: