ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފަށަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތް 13 މާރިޗު ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިއްޖެއެވެ.

މާރިޗު މަހުގެ 13 އިން 19 އަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުންކަމަށް ދިރާގުން ބުންޏެވެ.

މި މުބާރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: