ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު ފަހު ދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމަށް 34 މިސްކިތެއް!

މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް--
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ރަމަޟާން މަހު ފަހު ދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިއުލާނު ކޮށްފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތެއްގެ އިތުރުން، ހުޅުމާލޭ ފޭސް 1 ގެ 6 މިސްކިތެކެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ 4 މިސްކިތެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ރޯދަ މަހުގެ ފަހު ދިހައިގައި އިސްލާމީ މަރުކަޒު ހިމެނޭގޮތަށް މާލެސިޓީގެ އެކި މިސްކިތްތަކުގައި ކޮންމެ އަހަރަކުވެސް ޖަމާއަތުގައި ދަމު ނަމާދު ކުރެއެވެ.

މީގެ އިތުރުން، މިސްކިތްތަކުގައި ތަރާވިސްކުރުން ކުރިއަށްދާއިރު، ދިވެހި ޙާފިޡުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ވުޒާރާއިން އިސްލާމިކް މިނިސްޓްރީން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. އެގޮތުން މިހާރު ގިނަ ދިވެހި ޙާފިޡުންތަކެއް ފެނިގެންދާކަމާއި، އެކަމަށްޓަކައި ނުހަނު އުފާ ކުރައްވާކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ރަމަޟާން މަހު މާލެސިޓީގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ 15 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެއްގެ އިތުރުން، ހުޅުމާލޭ ފޭސް 1 ގެ 5 މިސްކިތަކާއި އަދި ފޭސް 2 ގެ ދެ މިސްކިތެއް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: