ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ ގަވައިދާ ހިލާފުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: މިނިސްޓަރ ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަހާ ފޯރަމް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާއަށް މީހުން ގެންދިއުމުގެ ގަވައިދާއި ހިލާފުވާ ފަރާތްތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އަސްކޮއި ޓްރެވަލްސް ސާވިސްއިން ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ފެންމަތިވެފައިވާއިރު މިނިސްޓަރ ޝަހީމްވަނީ މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، އަސްކޮއި ޖަމާއަތުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށްޓަކައި ކަނޑައެޅިފައިވާ މިނިސްޓްރީގެ ޔުނިޓުން މައްސަލަ ބަލަން ފަށާފައިވާކަމަށާއި އުމްރާއަށް މީހުން ގެންދިއުމުގެ ގަވައިދާއި ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިފަދަ މައްސަލަތަކާއި ގުޅިގެން މިފަހުންވެސް ބައެއް ޖަމާއަތްތަކުގެ ހުއްދަ ބާތިލުކޮށް އެމީހުންގެ މައްޗަށް ފިޔަވަޅު އަޅާފައިވާނެކަމަށޭވެ.

އަސްކޮއި ޖަމާއަތާއި ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލައަކީ މި މަހުގެ 14 ވަނަ ދުވަހު މީހުން އުމްރާއަށް ގެންދިއުމަށްޓަކައި ފައިސާ ނެގުމަށްފަހު ފަހު ވަގުތު ކެންސަލް ކޮށްފައިވާ މައްސަލައެކެވެ. ބައެއް ނޫސްތަކުގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު 30 ވަރަކަށް މީހުންގެ އަތުން ފައިސާ ނަގާފައިވާކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: