ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގުޑިފެސްޓް ބާއްވަނީ!

ދިރާގު ގުޑިފެސްޓް: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ ”ގުޑިފެސްޓް“ މި އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ކަނޑައެޅިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާންމުންގެ މަގުބޫލުކަން ލިބިފައިވާ ގުޑިފެސްޓް ހަރަކާތާއި ގުޅޭގޮތުން ދިރާގުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 މާޗުވާ ހުކުރު ދުވަހުގެ ހަވީރު 17:00 އިން 18:00 ގެ ނިޔަލަށްކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ފޭސް ދެއެއްގައިކަމަށް ބުނެފައިވެއެވެ. ހުރިހާ އުމުރުފުރައެއްގެ ކުދިންނަށްވެސް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެކަމަށް ބުނެފައިވެއެވެ.

މި ހަރަކާތަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި ފެނިގެންދާ ގުޑިއެރުވުމަށް ގިނަ ކުދިންތަކެއް އަހުލުވެރިކުރުންކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ފަށާފައިވާ ހަރަކާތެއްކަމަށްވާއިރު ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް މާލެ ނޫން އެހެން ސަރަހައްދުތަކުގައިވެސް މި ހަރަކާތް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވައިފައެވެ. މި ހަރަކާތް ވެގެންގޮސްފައިވަނީ އާންމުންގެ ގިނަ ބަޔަކު ބައިވެރިވި، ހޫނު ތަރުހީބެއް ލިބުނު ހަރަކާތަކަށެވެ. ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: