ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ އިތުރުވެއްޖެ

ކ މާފުށީގައި ފަތުރުވެރިންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 4.6 އިންސައްތަ އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 506،053 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 484،001 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. މި މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރިސޯޓުތަކަށް

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިގޮތުން ޖުމުލަ ފަތުރުވެރިންގެ 69.1 އިންސައްތަ ކަމުގައިވާ 349،599 ފަތުރުވެރިން ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވަނީ 129،367 ފަތުރުވެރިން ނުވަތަ ޖުމުލަ ފަތުރުވެރިންގެ 25.6 އިންސައްތައެވެ. އަދި ހޮޓާތަކަށް ޒިޔާރަތްކޮށްފައިވަނީ 2.9 އިންސައްތަ ފަތުރުވެރިންނެވެ. ސަފާރީތަކުގައި ހޭދަކޮށްފައިވަނީ ޖުމުލަ ފަތުރުވެރިންގެ 2.4 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: