ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީގޮތް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންޑައަޅުއްވައިފިއެވެ.
ރާއިސް އޮފީހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއ،ި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި، އެ އަތޮޅުތަަކަސް ދީފަައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖެހިފައިވަނީ ގަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައި ކަނޑައަޅައިފައިވާގޮތަށް ކަމަށެވެ.
މިކަމާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ ރިސްމީ ލިޔެކިޔުންތަކާއި، މަތުބާ ކުރެވޭ ތަކެތީގައި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރުތަކުގައި، ވެބްސައިޓްކާއި، މީސްމީޑިއާގެ ވަސީލަތްތަކުގައި ކަނޑައެޅުނު ގާރާރުގެ މަތިން އިނގިރޭސިބަހުންނާއި ދިވެހިބަސް ބޭނުންކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނިއެވެ.

