ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތު މަޝްރޫޢު އަތޮޅުތަކަށް ތަޢާރަފް ކުރުމުގެ ފެށުން ހއ. އުތީމުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ތަޢާރަފުކުރުމުގެ ހަރަކާތް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ފެށުމުގެ ރަސްމިއްޔާތު ހއ. އުތީމުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އުތީމުގައި ކުރިއަށް ގެންގޮސްފައިވަނީ 27 ފެބުރުވަރީ 2025 ވަނަ ދުވަހު ހެނދުނު އެވެ. މި ރަސްމިއްޔާތުގައި ހއ. އަތޮޅުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ހއ.އުތީމުގެ ދައުލަތުގެ މުވައްސަސާތަކުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު ވިދާޅުވީ، މިހާތަނަށްއާއިރު ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ޤައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި މި ޤަޢުމު މިނިވަންކަންމަތީ ދެމިއޮތީ އަހަރެމެންގެ ކާބަފައިން ކުރައްވާފައިވާ ބުރަ މަސައްކަތްތަކުން ކަމަށާއި، ޤައުމިއްޔަތު އިޢާދަކުރުމުގެ ބޭނުމަކީ ދައުލަތެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެއްދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ މި ފޮތް މި ވުޒާރާގެ ވެބްސައިޓުގައި އިފްތިތާޙުކޮށްފައިވެއެވެ. މި ފޮތް ވެބްސައިޓުގައި އިފްތިތާޙު ކޮށްދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައިވާ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ)އެވެ. އަދި މި ރަސްމިއްޔާތުގައި ދިވެހި ޤައުމިއްޔަތުގެ ޢިލްމުތައް ހއ. އަތޮޅުގެ ރައްޔިތުންނަށް ވަނީ އަރުވާފައެވެ. މި ޢިލްމުތައް ހުށައަޅައިދެއްވީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: