ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސް މަޖައްލާ ތަކުގެ މައުލޫމާތު އަޕްޑޭޓް ކުރަން އެދިއްޖެ

ޔޫތު މިނިސްޓަރ އިބްރާހީމް އަސްވާޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ މައުލޫމާތު އަޕްޑޭޓް ކުރަން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެދިއްޖެއެވެ.

އަޕްޑޭޓް ކުރަން އެދިފައިވާ މައުލޫމާތަކީ ނޫސް މަޖައްލާގެ ނަން އަދި ޑޮމައިން އަދި މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރުގެ އިތުރުން މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރެވެ.

މީގެ އިތުރުން މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި، އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރުގެ އިތުރުން ނޫސް މަޖައްލާގެ އިދާރާގެ ނަން އަޕްޑޭޓް ކުރެއްވުމަށް ވަނީ އެދިފައެވެ.

ވީމާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ، މައުލޫމާތު، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް އަށް ފޮނުއްވައި ދެއްވުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: