ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ

ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީއިން ވަނީ މިކަމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެ މައުލޫމާތު ދީފައެވެ. އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނުގައި ބުނީ ”ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް“ އެއް ގާއިމު ކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެކި ގައުމުތަކުގެ މެދުގައި ރާއްޖެ އިޝްތިހާރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު އަސަރުތަކެއްކޮށް، އިގްތިސާދީ ގޮތުން ފައިދާ ލިބޭނެކަމަށެވެ.

ލިވަޕޫލާއި އެމްއެމްޕީއާރުސީގެ ”ގުޅުން“ ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ ލިވަރޕޫލްއިނ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އެއްބަސްވުމުގެ ސަބަބުން ”ވިޒިޓް މޯލްޑިވްސް“ އަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބޭނެކަމަށް އެމްއެމްޕީއާރުސީއިން ލަފާކުރެއެވެ. އަދި މިއީ ކްލަބުގެ މަަޝްހޫރު ކަމުގެ ބޭނުން ހިފައި، އެ ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރުމަށް ބާރު އަޅާނެކަމެއްކަމަށް އެމްއެމްޕީއާރުސީން ބުންޏެެވެ.

މި އެއްބަސްވުމުގެ ސަބަބުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނާނެކަމަށް ފާހަގަކޮށް އެމްއެމްޕީއާރުސީއިން ބުނީ ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެކަމަށެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕާޓްނާޝިޕް އިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން.

އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

ލިވަޕޫލްއާއިއެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރާނެއެވެ. އަދި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ކުރިއަށް ގެންދާނެއެވެ. އަދި ފޭން ޒޯނުތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓުތަކާއި ބައިވެރިވާ ފެއާތަކާއި، ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކުރުމާއި ބުކިންތައް އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޕްރިމިއަމް ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރީޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާކަމަށް ފާހަގަކޮށް އެމްއެމްޕީއާރުސީއިން ބުނީ އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: