ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ވެސް ކުށްވެރިކޮށްފި

އިދިކޮޅު އެމްޑީޕީ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އިދިކޮޅު އެމްޑީޕީ މިހާރު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެެއްކި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފި އެވެ.

ކޮމިޝަނުން މައްސަލައިގައި ބަޔާނެއް އާންމުކޮށްފައި ވަނީ، މީގެ ދެ ރޭ ކުރިން އޮތް މުޒާހަރާއެއްގައި އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ މެމްބަރު މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ 18 އަހަރު ނުވާ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މަންދީއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ އެވެ.

މަންދީ ދެއްކި ވާހަކަތައް ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބަޔާނެއް އާންމު ކުރި އެވެ. ކޮމިޝަނުގެ ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބި ގެއްލުންވާ ގޮތަށް ދައްކާފައިވާ ވާހަކައަކީ ހިޔާލުފާޅު ކުރުމުގެ ނަމުގައި އެއްވެސް ބައެއްގެ ފަރާތުން ފެނިގެން ވާނެ މަންޒަރެއް ނޫންކަމަށެވެ.

އެއަށް ފަހު ރޭ އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ލިބިގެންވާ ހުދޫދުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނާއި ގަވައިދުގެ ތެރެއިން، ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގުމަށް ސަމާލުކަން ދޭން އެދޭކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ފަދަ ވާހަކަތައް ފަތުރައި ދެއްކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެހެންކަމުން އެއްވެސް ޕާޓީއަކުން ހަރަކާތްތައް ހިންގާއިރު ގާނޫނުތަކުގައި ބަޔާން ކުރާ ސުލޫކީ މިންގަނޑާއި ހިލާފަށް، މުޖްތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިއުމާއި ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އެދޭކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އީސީ ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެ އުޅުމުގެ ގާނޫނަށް ބޯލަނބައި، އަމަލު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: