ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެސެސްމެންޓަށް ދެމުންއައި އެހީ ހުއްޓާލައިފި: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތެރަޕީއާއި ހިސާބަށް ދިއުމުގެ ކުރިން ހަދަންޖެހޭ އެސެސްމެންޓަށް ދެމުން އައި އެހީތެރިކަން ސަރުކާރުން ހުއްޓާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ޒިޔާދު ވިދާޅުވީ، ސަރުކާރުގެ ހިންގުމާއި ގުޅޭ ގިނަ ކަންބޮޑުވުންތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޭހާއި ތެރަޕީ ރާއްޖޭގައި ހުއްޓިފައިވުމަކީ ފާހަގަކުރުން މުހިންމު އެއް މައްސަލަކަމަށް ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ، މީގެ ކުރިން އަތޮޅު ތެރޭގައި އެ ހިދުމަތް ލިބެމުން އައިނަމަވެސް ބަޖެޓެއް ކަނޑައެޅި ފާސްކޮށްގެން ތިން މަހުން ތިންމަހުން ދޫކުރަމުން އައި ފައިސާ މިހާރު ލިބުން ހުއްޓިފައިވާކަމަށެވެ. ކަމާއި ގުޅުން ހުރި މިނިސްޓްރީތަކާއި އިދާރާތަކަށް، އެ ވާހަކަ ދޮގުކުރި ނަމަވެސް، އާއިލާތަކުން މިހާރު އެކަމުގައި އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމަށް ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ކުރީބައިގައި ތިން މަހަށްވާ ފައިސާ ކުއްޖާގެ އެކައުންޓަށް ޖަމާކުރަމުންދިޔަ ނަމަވެސް މިހާރު ފައިސާ ލިބެނީ ތިންވަނަ މަހުގައި ކަމަށެވެ. ކުއްޖާ ތެރަޕީއަށް ދާއިރު ހިދުމަތް ހޯދާތަނަށް އެޑްވާންސްކޮށް ފައިސާ ދައްކަން ޖެހޭއިރު، ތެރަޕީއަށް ދިއުމުގެ ކުރިން ކުއްޖާ ހަދަންޖެހޭ އެސެސްމެންޓު ހެދުމަށް ދެމުން އައި އެހީވެސް މިހާރު ކަނޑާލާފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް އުނދަގޫވާ ފަދަ މިފަދަ ބަދަލުތައް ގެނައުމުގެ ސަބަބުން، ފައިސާ ދައްކަން ޖެހެނީ އަމިއްލައަަށްކަމަށް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ، ތެރަޕީއަކީ ދިގު މުއްދަތަކަށް ކުރިއަށް ގެންދަންޖެހޭ ފަރުވާއެއްކަމަށާއި އެއް މަހު ދިނުމަށްފަހު އަނެއް މަހު އެހިދުމަތް ނުލިބުމުން ފަރުވާގެ ބޭނުން ކެނޑޭނެ ކަމަށެވެ.

މީގެއިތުރުން ޒިޔާދު ވަނީ ބޭހުގެ ދަތިތައް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ހައްލުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާފަ އެވެ. ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބޭހުގެ ދަތިތައް ހައްލު ކުރުމުގެ ބަދަލުގައި، މެޑިކަލް މާފިއާއަކަށް ޖާގަ ދިންކަމަށް ބުނާ ވާހަކައިގައި ހިމެނެނީ އޮޅުވާލުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: