ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީ ނުދައްކާކަމަށް ބުނެ ދިގުރަށުން ފަތުރުވެރިން ބޭލުވި މައްސަލައިގައި އިންކުއަރީއެއް ހަދަނީ!

ފީ ނުދައްކާކަމަށް ބުނެ ދިގުރަށުން ފަތުރުވެރިންތަކެއް ފޮނުވާލަނީ: ފޮޓޯ/ ދައުރުވާ ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިގުރަށު ކައުންސިލަށް ދައްކަން ޖެހޭ ފީތައް ނުދައްކާކަމަށް ބުނެ، ތުނޑީގައި އުޅުނު ފަތުރުވެރިންތަކެއް ރަށުން ބޭލުވި މައްސަލަ ބަލަމުންދާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދިގުރަށުގެ ކައުންސިލުން ފަތުރުވެރިން ތުނޑީގައި ތިއްބައި، ފީ ނުދައްކައި ހުރިކަމަށް ބުނެ އެ ސަރަހައްދު ދޫކޮށް ދިއުމަށް ބުނާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގެ މައްސަލައިގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ބައެއް އެޖެންސީތަކާއި އިސްކޮށް ހަރަކާތްތެރިވާ ބައެއް އެޖެންޓުން ވަނީ ކަންބޮޑުވުންފާޅުކޮށް، ފަތުރުވެރިންނާއި ގުޅުވައި އެގޮތަށް އަމަލު ކުރެވިގެން ނުވާނެކަމަށް ބުނެފަ އެވެ.

ތުނޑި ދޫކޮށް ދިއުމަށް ބުނެ ކައުންސިލްގެ ރައީސް ވާހަކަ ދައްކަވާ ވީޑިއޯ ވައިރަލްވެ، އާންމުން ވެސް އެކަމަށް ފާޑުކިޔާފައި ވެއެވެ.

މައްސަލައިގައި އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނުނު މަންޒަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ބަލަން ޖެހޭކަން ފާހަގަކޮށް ވިދާޅުވީ، އެކަން ދެނެގަތުމަށް އިންކުއަރީއެއް ހިންގާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަމިއްލަ ސަގާފަތާއި މިންގަނޑުތަކަށް ލޯބި ކުރުމާއި އެކު، ރަށްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް މަރުހަބާ ކިޔަންވާނީ އިހުތިރާމާއި އެކު ކަމަށެވެ.

ލޯކަލް ޓޫރިޒަމްގައި ފާހަގަކުރެވޭ އެއް ރަށް، ދިގުރަށަށް އަންނަ ފަތުރުވެރިންގެ އަތުން ފީއެއް ނެގުމަށް ކައުންސިލުން ނިންމާފައި ވަނީ ތުނޑި ބެލެހެއްޓުމަށް ހަރަދުތައް ހިނގާކަމަށް ބުނެ އެވެ. ކައުންސިލުން ނިންމާފައި ވަނީ ތުނޑިއާއި ރަށުގެ ގޮނޑުދޮށާއި ކައިރިވާ ފަތުރުވެރިން ބޮލަކަށް 3 ޑޮލަރު ދެއްކުމަށެވެ. އަދި ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި، އެ ފަތުރުވެރިން ބާބަކިއުއަށް ތުނޑީގައި މަޑުކުރާނަމަ ބޮލަކަށް 5 ޑޮލަރު ދައްކަން ޖެހެއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 55%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: