ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ”އަވައްޓެރި ރޯދަ ވީއްލުން“ ބާއްވަނީ!

ހުޅުމާލޭގައި ބޭއްވި އަވައްޓެރި ރޯދަ ވީއްލުން ހަރަކާތުގެ ތެރެއިން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ”އަވައްޓެރި ރޯދަ ވީއްލުން“ ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުން ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީ ބުނީ ”އަވައްޓެރި ރޯދަ ވީއްލުން“ ރޭވިފައި ވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށް ކަމަށެވެ.

އެގޮތުން، މި އަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް މާޗު 15 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، ރަނައުރާ މަގުގައި އޮންނާނެއެވެ.

މި ހަރަކާތާއި ގުޅޭގޮތުން އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕީއާރު ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެޗްޑީސީއަށް އަބަދުވެސް އެއްބާރުލުން ދޭ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ރޭވިފައިވާ އަވައްޓެރި ރޯދަވީއްލުން ހަރަކާތަށް ވެސް ރައްޔިތުންގެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބޭކަމަށް ޝަހީދު ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: